ޔުގެންޑާގެ ކިބާލޭ ނޭޝަނަލް ޕާކުގައި ދިރިއުޅޭ ޗިމްޕަންޒީންގެ ބޮޑު އާއިލާއެއް ދެބައިވެ، އެއްބަޔަކު އަނެއްބަޔަކާ ދެމެދު ކުރިއަށްދާ ވަރުގަދަ ދާހިލީ ހަނގުރާމައެއްގެ ހެކި ސައިންސްވެރިން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ. 2026 އޭޕްރިލް 9 ގައި "ސައިންސް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ހާމަވާގޮތުގައި، ކުރިން އެކުގައި އުޅުނު މި ޖަނަވާރުތަކުގެ މެދުގައި ހިނގި މި ހަމަނުޖެހުންތަކުގައި މިހާތަނަށް 28 ޗިމްޕަންޒީއަކު ވަނީ މަރުވެފައެވެ.
ޔޫގަންޑާގެ ވާރޭޖަންގަލިތަކުގައި ދިރިއުޅޭ ދުނިޔޭގެ އެންމެ ބޮޑު ވަލު ޗިމްޕަންޒީ ގްރޫޕް، ‘އެންގޯގޯ، މުޖުތަމައުގެ މެދުގައި ބޮޑު ބައިބައިވުމެއް އުފެދި، އެކަކު އަނެކަކާ ދެކޮޅަށް ‘ދާޚިލީ ހަނގުރާމައެއް، ކުރަމުންދާކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ. މިއީ އެއް ސަގާފީ ގްރޫޕެއްގެ ގޮތުގައި އުޅުނު ޗިމްޕަންޒީންތަކެއް ދެބަޔަކަށް ބެހި، ފުރާނައަށް ނުރައްކާވާ ފަދަ ހަތުރުންނަށް ބަދަލުވި ފުރަތަމަ ސާފު މިސާލެވެ.
މި ދިރާސާ ކުރެއްވި ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، އިންސާނުންގެ މެދުގައި އުފެދޭ ހަނގުރާމަތަކަކީ ނަސްލީ ނުވަތަ ސިޔާސީ ސަބަބުތަކާ ހުރެ ދިމާވާ ކަންކަން ކަމަށް ބެލެވުނަސް، ޗިމްޕަންޒީންގެ މި ބައިބައިވުމުން އެނގެނީ ހަމައެކަނި އިޖުތިމާއީ ގުޅުންތަކަށް އަންނަ ބަދަލުތަކުން ވެސް ބޮޑެތި ކުރިމަތިލުންތައް އުފެދިދާނެ ކަމެވެ. މީގެ ސަބަބުން އިންސާނުންގެ މެދުގައި އުފެދޭ އަނިޔާވެރިކަމުގެ މޮޑެލްތައް އަލުން މުރާޖައާކުރަން ޖެހޭ ކަމަށް ސައިންސްވެރިން ބުނެއެވެ.
އެކުވެރިންގެ މެދުގައި އުފެދުނު ދެކޮޅުވެރިކަން
{މި ހަމަނުޖެހުން ހިނގާފައިވަނީ މަޝްހޫރު "ޗިމްޕް އެމްޕަޔަރ" އިން ފެނިގެންދިޔަ، ގާތްގަނޑަކަށް 200 މެންބަރުން ހިމެނޭ އެންމެ ބޮޑު ޗިމްޕަންޒީ އާއިލާ ކަމަށްވާ "އެންގޯގޯ" ކޮމިއުނިޓީގެ ތެރޭގައެވެ. 2015 ވަނަ އަހަރުގެ ތެރޭގައި މި ގްރޫޕް ވަނީ "ވެސްޓަން" އަދި "ސެންޓްރަލް" ކްލަސްޓާގެ ނަމުގައި ދެބަޔަކަށް ބެހިފައެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މިއީ އާންމުކޮށް ބޭރުގެ ގްރޫޕްތަކާ ކުރާ ހަނގުރާމައާ ހިލާފަށް، އެއް އާއިލާއެއްގެ ތެރޭގައި އުފެދުނު ދެކޮޅުވެރިކަމެކެވެ.}
މި ބައިބައިވުން ފެށުނީ 2015 ވަނަ އަހަރު އާ "އަލްފާ މޭލް" އެއް ކަނޑައެޅުނު ފަހުންނެވެ. ކުރިން އެކުގައި އުޅުނު މި ޖަނަވާރުތައް "ވެސްޓަން" އަދި "ސެންޓްރަލް" ގްރޫޕަށް ބެހި، އެއްބަޔަކު އަނެއްބަޔަކަށް ފިލައިގެން އުޅެން ފެށިއެވެ. އަދި ކުރިން އެމީހުންގެ މަރުކަޒުގެ ގޮތުގައި އޮތް ސަރަހައްދު ބަދަލުވީ ދެ ފަރާތުގެ ފިރިހެން ޗިމްޕަންޒީން ފޯރިމަރާ ނުރައްކާތެރި ބޯޑަރަކަށެވެ.
މަރުގެ ތަފާސްހިސާބުތަކާއި ހަމަލާތައް
"ޔުނިވަރސިޓީ އޮފް ޓެކްސަސް އެޓް އޮސްޓިންގެ އެރޮން ސެންޑަލް އިސްކޮށް ހުންނަވައި ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާގޮތުގައި، 2018 އާއި 2024 އާ ދެމެދު 28 ޗިމްޕަންޒީއަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 19 ތުއްތު ޗިމްޕަންޒީންނާއި ގިނަ އަދަދެއްގެ ފިރިހެން ޗިމްޕަންޒީން ހިމެނެއެވެ. އަދި މި ހަމަނުޖެހުންތައް 2025 އަދި 2026 ވަނަ އަހަރުވެސް ކުރިއަށްދާކަމަށް ބެލެވެއެވެ. ހައިރާންކުރުވަނިވި ކަމަކީ، އަދަދުގެ ގޮތުން މަދު "ވެސްޓަން" ގްރޫޕުން އިސްވެ ހަމަލާތައް ދީ، "ސެންޓްރަލް" ގްރޫޕްގެ މެންބަރުން މަރަމުންދާ ކަމެވެ."
2017 ވަނަ އަހަރު މި ނުތަނަވަސްކަން އިތުރުވެ، ކުޑަ ގްރޫޕެއް ކަމަށްވާ ހުޅަނގު ގްރޫޕުން މެދުތެރޭ ގްރޫޕުގެ އިސް ފިރިހެން ސޫފިތަކަށް ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދިނެވެ. 2018 އާ ހަމައަށް އައިއިރު، މި ދެ ގްރޫޕް ވަނީ އިޖުތިމާއީ ގޮތުންނާއި، ދިރިއުޅޭ ސަރަހައްދުގެ ގޮތުންނާއި، އަދި ދަރިމައިވުމުގެ ގޮތުންވެސް މުޅިން ވަކިވެފައެވެ.
2021 ވަނަ އަހަރުން ފެށިގެން ހުޅަނގު ޗިމްޕަންޒީ ގްރޫޕުން މެދުތެރޭ ގްރޫޕުގެ ތުއްތު ސޫފިތަކަށް އަމާޒުކޮށް ބޮޑެތި ހަމަލާތަކެއް ދީފައިވެއެވެ. މިގޮތުން 14 ތުއްތު ސޫފި ވަގަށް ނަގައި މަރާލާފައިވާ މަންޒަރު ދިރާސާކުރާ ފަރާތްތަކަށް ވަނީ ފެނިފައެވެ.
2018 އާއި 2024 އާ ދެމެދު ހިނގި މި ހަމަލާތަކުގައި އަހަރަކު އެވްރެޖްކޮށް ބޮޑު އެއް ފިރިހެން ސޫފި އަދި ދެ ތުއްތު ސޫފި މަރުވާކަމަށް ރެކޯޑުކުރެވިފައިވެއެވެ. މިއީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ މާ މަތީ އަދަދެއް ކަމަށް މުސައްނިފުން ފާހަގަކުރެއެވެ.
މީގެ އިތުރުން، އެންގޯގޯ މެދުތެރޭ ގްރޫޕުގެ ސިއްހަތު ރަނގަޅު ގިނަ ސޫފިތަކެއް ކުއްލިއަކަށް ގެއްލިފައިވާކަން ފާހަގަކުރެވެއެވެ. މި ސޫފިތަކުގެ ހަށިގަނޑު ނުފެނުނު ކަމުގައިވިޔަސް، އެއީވެސް ހުޅަނގު ގްރޫޕުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ސޫފިތަކެއް ކަމަށް ބެލެވެއެވެ.
އެންގޯގޯ ޗިމްޕަންޒީ ގްރޫޕަކީ އާދަޔާ ހިލާފަށް ބޮޑު ގްރޫޕެކެވެ. މި ގްރޫޕުގައި 200 އެއްހާ ސޫފި ހިމެނޭއިރު، އޭގެ ތެރޭގައި 30 އަށްވުރެ ގިނަ ބޮޑެތި ފިރިހެން ޗިމްޕަންޒީ ހިމެނެއެވެ. މިފަދަ ބޮޑު އާބާދީއެއްގެ ސަބަބުން އެ ސޫފިތަކުގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް ދެމެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް ދިރާސާވެރިން ލަފާކުރެއެވެ.
މި ގްރޫޕު ދެބަޔަކަށް ވަކިވެގެން ދިޔަ މައިގަނޑު ސަބަބަކީ ހަމައެކަނި "އަލްފާ މޭލް" ނުވަތަ އިސްކޮށް ހުރި ފިރިހެން ސޫފި ބަދަލުވުން ކަމަށް ނުވިޔަސް، އެ ބަދަލާއެކު ގްރޫޕުގެ ތެރޭގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަކަން ފާހަގަކުރެވެއެވެ.
މި ދިރާސާގައި ބައިވެރިނުވާ މާހިރެއް ކަމަށްވާ ޖޭމްސް ބްރޫކްސް ވިދާޅުވާ ގޮތުގައި، މި ބަދަލުގެ ސަބަބުން އެހެން ނަސްލުތަކަށާއި އިންސާނުންނަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އަދި މާ އަވަހެވެ. ނަމަވެސް، މި ދިރާސާއަކީ އިޖުތިމާއީ އަދި ތިމާވެށީގެ ސަބަބުން މިފަދަ ބޮޑެތި ބަދަލުތައް އަންނަ ގޮތް ދެނެގަތުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ޔުގެންޑާގެ ކިބާލޭ ނޭޝަނަލް ޕާކުގައި ދިރިއުޅޭ ޗިމްޕަންޒީން މެދުގައި ހިނގި ދާޚިލީ ހަނގުރާމައެއްގެ ހެކި ސައިންސްވެރިން ހޯދައިފި—-ފޮޓޯ:ދަ ޓައިމްސް
އިންސާނީ ތާރީހާ ހުރި ގުޅުން
30 އަހަރުގެ ދިރާސާގެ މައްޗަށް ބިނާކޮށް ނެރުނު މި ރިޕޯޓަކީ އިންސާނުންގެ މެދުގައި ހިނގާ ހަނގުރާމަތަކުގެ އަސްލު ދެނެގަތުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
އިންސާނުންނާއި ޗިމްޕަންޒީންގެ ޑީއެންއޭގައި ބޮޑެތި އެއްގޮތްކަންތައްތަކެއް ހުރި ނަމަވެސް، އިންސާނުންގެ އަމަލުތަކާއި ސުލޫކު ބިނާވަނީ ހަމައެކަނި ޖީންތަކުގެ މައްޗަކަށް ނޫނެވެ. އިންސާނުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތަކުގެ ސަބަބުން ބައިބައިވުންތަކާއި ހަމަނުޖެހުންތައް އުފެދޭ ފަދައިން، އެކަކު އަނެކަކަށް އެހީތެރިވުމާއި ހަމްދަރުދީވުމުގެ ސިފަވެސް އުފެދެއެވެ.
އިންސާނުންގެ މެދުގައި ހިނގާ އެކި އެކި ހަމަނުޖެހުންތަކުގައި، މީހުންގެ މެދުގައި އޮންނަ އަމިއްލަ ގުޅުންތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ސެންޑަލް އާއި އޭނާގެ ޓީމުން ފާހަގަކުރާ ގޮތުގައި، ގިނަ ފަހަރަށް ހަމަނުޖެހުންތަކުގެ ހައްލު އޮންނަނީ އަހަރެމެން ހީކުރާ ވަރަށްވުރެ ބޮޑަށް މިފަދަ ގުޅުންތަކުގެ ތެރޭގައެވެ.
ސުލްހަ ގާއިމުކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ކޮންމެ ދުވަހަކު ފަރުދުންގެ މެދުގައި ހިނގާ ކުދިކުދި މުއާމަލާތްތަކެވެ. އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމާއި، މައްސަލަތައް ހައްލުކޮށް އަލުން އެކުވުމަށް ކުރާ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ސުލްހައަކަށް މަގުފަހިކޮށްދޭ މުހިންމު ކަންތައްތަކެކެވެ.
އިންސާނުންނާއި ޗިމްޕަންޒީންގެ ޑީއެންއޭގައި ބޮޑެތި އެއްގޮތްކަންތައްތަކެއް ހުރި ނަމަވެސް، އިންސާނުންގެ އަމަލުތަކާއި ސުލޫކު ބިނާވަނީ ހަމައެކަނި ޖީންތަކުގެ މައްޗަކަށް ނޫނެވެ. އިންސާނުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތަކުގެ ސަބަބުން ބައިބައިވުންތަކާއި ހަމަނުޖެހުންތައް އުފެދޭ ފަދައިން، އެކަކު އަނެކަކަށް އެހީތެރިވުމާއި ހަމްދަރުދީވުމުގެ ސިފަވެސް އުފެދެއެވެ.
އިންސާނުންގެ މެދުގައި ހިނގާ އެކި އެކި ހަމަނުޖެހުންތަކުގައި، މީހުންގެ މެދުގައި އޮންނަ އަމިއްލަ ގުޅުންތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ސެންޑަލް އާއި އޭނާގެ ޓީމުން ފާހަގަކުރާ ގޮތުގައި، ގިނަ ފަހަރަށް ހަމަނުޖެހުންތަކުގެ ހައްލު އޮންނަނީ އަހަރެމެން ހީކުރާ ވަރަށްވުރެ ބޮޑަށް މިފަދަ ގުޅުންތަކުގެ ތެރޭގައެވެ.
ސުލްހަ ގާއިމުކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ކޮންމެ ދުވަހަކު ފަރުދުންގެ މެދުގައި ހިނގާ ކުދިކުދި މުއާމަލާތްތަކެވެ. އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމާއި، މައްސަލަތައް ހައްލުކޮށް އަލުން އެކުވުމަށް ކުރާ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ސުލްހައަކަށް މަގުފަހިކޮށްދޭ މުހިންމު ކަންތައްތަކެކެވެ.
["މިފަދަ ހަރުކަށި އަނިޔާވެރިކަމަކީ އެއްވެސް ދީނީ ނުވަތަ ފިކުރީ ސަބަބަކާ ނުލައި، ހަމައެކަނި އިޖުތިމާއީ ގުޅުންތަކަށް އަންނަ ބަދަލުތަކުން އުފެދިދާނެ ކަމެއްކަން މިކަމުން ސާބިތުވޭ،" ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ޗިމްޕަންޒީންގެ މެދުގައި މިފަދަ "ދާޚިލީ ނުވަތަ އަހުލީ ހަނގުރާމަ އެއް" އެއް ހިނގުމަކީ ކޮންމެ 500 އަހަރަކުން އެއްފަހަރު ދިމާވާނެ ވަރަށް ނާދިރު ކަމެކެވެ.]

