ށ. ފޯކައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހާ ސާރވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ.
އާރުޑީސީއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފޯކައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތަކާއި ސާރވޭގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އާރުޑީސީގެ ހާއްސަ ޓީމެއް މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފޯކައިދޫގެ މަގުހެދުމުގެ މަޝްރޫއަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫޢުގެ ސާރވޭ ނިމުމާއެކު، މަގުތައް ހެދުމުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
އާރުޑީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމާއި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަމުންދާ ކުންފުންޏެކެވެ. ފޯކައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވުމުން، އެ

