ޖެހިޖެހިގެން ފަސް މެޗުން އެންމެ ލަނޑެއްވެސް ނުޖެހި ޗެލްސީ މިހާރު ވަނީ ޕްރިމިއަރ ލީގުގެ ތާވަލުގެ 5 ވަނަ އަށް ވެއްޓިފައެވެ. އެއްމެފަހުން ޗެލްސީއަށް މި ކަހަލަ ގޮތަކަށް ކަން ދިމާވީ 1993 ވަނަ އަހަރުއެވެ.
ރޭގައި ބްރިޓަން އާއި ދެކޮޅަށް ކުޅުނު މެޗު މުޅިންހެން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ބްރެއިޓަން މޮޅުވީ 3-0 ގެ ނަތީއްޖާއަކުންނެވެ.
މިނަތީޖާގެ ސަބަބުން ޗެލްސީ ވަނީ ޕްރިމިއާ ލީގުގެ ހަތް ވަނައަށް ވެއްޓިފައެވެ. އަދި ފަސް ވަނައިގައި އޮތް ލިވަޕޫލަށް އާއި ޗެލްސީ އާއި ދޭތެރޭ ހަތް ޕޮއިންޓުގެ ފަރަގެއް 1 މެޗު އިތުރަށް ކުޅެގެން އެބައޮތެވެ.
ގަދަ ފަހެއްގައި ޗެލްސީ ނުހިމެނި ދެން އޮންނަ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ ކޮލިފައިން އަށް ޗެލްސީން ކުރި އުންމީދުތައް މިހާރު ނިމިއްޖެކަން މިހާރުވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.
ޖެހިޖެހިގެން ފަސް މެޗުން ބަލިވެ ޗެލްސީ ޕްރިމިއަރ ލީގުގެ ހަތް ވަނައަށް ވެއްޓިއްޖެ

