މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި މިރޭ 1-0 އިން ބާންލީ ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް އާސެނަލް ދެވަނައަށް ވައްޓާލައި އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.
ސިޓީ އަދި އާސެނަލް އަށް 33 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު ސިޓީ އަށް ތާވަލު އެއްވަނަ ލިބެނީ 3 ގޯލް އިރުތަށް ޖަހައިގެންނެވެ. މިރޭ ކުޅުނު މެޗުގައި ފެނުނު ހަމަ އެކަނި ގޯލު ޖަހާފައި ވަނީ ފުރަތަމަ ހާފުގެ ފަސް ވަނަ މިނިޓުގައިއެވެ. މި ގޯލް ކާމިޔާބު ކޮށްދިނީ އާލިން ބްރައުޓް ހާލަންޑެވެ. މިއީ މިސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބު ކޮށްދިން 24 ވަނަ ގޯލެވެ.
ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީއަކީ އަބަދުވެސް ސީޒަނުގެ ފަހުކޮޅު ވަރަށް ވަރުގަދަ ކުޅުމެއް ދައްކާ ޓީމެކެވެ. މީގެ އިތުރުން، 2004 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ތަށި ހޯދުމަށް އުންމީދު ކުރަމުންދާ އާސެނަލްއަށް ކުރިއަށް އޮތީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ އުނދަގޫ މެޗެކެވެ. މިއާއެކު، ކޮންމެ މެޗެއްގެ ނަތީޖާއަކީ ވެސް ލީގު ތަށީގެ މިލްކުވެރިޔާ ކަނޑައެޅުމުގައި ނުހަނު މުހިންމު ނަތީޖާއަކަށް ވާނެއެވެ.
އާސެނަލް ދެވަނައަށް ވައްޓާލައި ސިޓީ އެއްވަނަ މަގާމަށް ޖެހިލައިފި

