ޗެލްސީ ފުޓްބޯޅަ ކްލަބުގެ ހެޑް ކޯޗު ލިއަމް ރޮސެނިއާ މިއަދު އެ ކްލަބް ގެ ކޯޗު ކަމުން ވަކިކޮށްފިއެވެ.
ޗެލްސީގެ ހެޑް ކޯޗަކަށް އިނގިރޭސި ވިލާތުގެ އުމުރުން 41އ ލިއަމް ރޮސެނިއާ ހަމަޖެއްސިތާ އެންމެ ތިން މަސް ފަހުން ވަކިމިކުރީ ފަހުގެ ތާރީހުގައި ކްލަބަށް މޮޅުތަކެއް ނުލިބި ޓީމު ޔޫރަޕިއަން ފުޓްބޯޅައާއި ދުރަށް ދިޔުމަށް މިސްރާބު ޖަހާތީއެވެ. އެންމެ ފަހުން ކުޅެވުނު މެޗު ތަކުންވެސް އެދެވިގެންވާ ކާމިޔާބެއް ވެސް ނުލިބިއެވެ.
އެންމެ ފަހުން ބްރިޓަން އާއި ދެކޮޅަށް ކުޅެވުނު މެޗުން 3-0 ގެ ނަތީއްޖާއިން ބަލިވުމަކީ 1993 ވަނަ އަހުރުން ފެށިގެން ޖެހިޖެހިގެން ފަސް މެޗުން އެންމެ ލަނޑެއްވެސް ނުޖެހި ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ.
މިއީ ކްލަބުން ލުއިކޮށް ނިންމި ނިންމުމެއް ނޫން ނަމަވެސް ފަހުގެ ނަތީޖާތަކާއި ކުޅުނު ސްޓައިލް ވަނީ މި ސީޒަނަށް ކުޅެން ޖެހޭ މިންގަނޑުތަކަށް ވުރެ ދަށަށް ގޮސްފަ އެވެ. ޗެލްސީ އެފްސީގެ އެންމެންވެސް ލިއަމް އަށް ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދެމެވެ. ޗެލްސީ އިން ނެރުނު ބަޔާނުގައިވެއެވެ.

