އޮޅިގެން ކަމަށް ބުނެ ރާ އްޖޭގަ އި އިސްލާމް ދީނަށް ކުރާ އިހުތިރާމް ކުޑަވެ، ދީނަށް އިހާނެތިވާ ގޮތަށް ކަންތަ އއް ކުރަމުންދާތީ ދީނީ އިލްމުވެރިޔާ ޝައިޙް އަލީ ޒައިދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ކުޑަކުދިންގެ ހަރަކާތެއްގައި ނަސާރާދީން ޕްރޮމޯޓްކުރާ ލަވައެއް ޖެހުމާއި ގުޅިގެން ކްލިކް ކޮލެޖުން ބުނެފައިވަނީ އެއީ އޮޅިގެން ޖެހުނު ލަވައެއް ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށެވެ.
ޝައިހް ޒައިދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނަށް އިހުތިރާމްކޮށް ދީން ހިމާޔަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމަކަށްވާއިރު މިފަދަ ކަންތައް ހުއްޓުވެން ޖެހޭނެ ކަމަށެވެ.
ޒައިދު އިތުރަށް ވިދާޅުވީ މުސްލިމުން އިސްލާމް ދީނަށް ކުރާ އިހުތިރާމް ކުޑަކޮށްލައިގެން ނުވާނެ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ޒައިދުވަނީ ގޮވާލާފައެވެ.

