ލ. ގަމު ތުނޑީ އަވަށު ބަނދަރުކައިރީ އެއްގަމުގައި ހުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެ އެހީތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 19:17 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔާ ސްޓޭޝަނުގެ ސިފައިން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އެމްއެންޑީއެފް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއްވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފް އިން ބުނީ ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

