ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލޯނާ އާއި ގެޓާފޭގެ ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައި މުބާރާތް ކާމިޔާބު ކުރުމާއިގާތަށް ބާސެލޯނާ ޖެހިލައިފިއެވެ.
ލީގުގައި ބާސެލޯނާއި އެންމެ ކައިރިން ވާދަކުރާ ރިއާލް މެޑްރިޑާއި ދެމެދު 11 ޕޮއިންޓުގެ ފަރެއް އޮތްއިރު މި ލީގުގައި ބާކީ އޮތީ އެންމެ ފަސްމެޗެވެ.
އަނިޔާގެ ސަބަބުން މުބާރާތް ނިމިފައިވާ ޔަމާލް ނުހިމަނާ ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ޕެޑްރޯ ގެ ރީތި ޕާހަކުން މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ފާމިން ލޮޕޭޒްއެވެ. މެޗުގެ ދެވަނަ ގޯލް ޖެހީ މެންޗެސްޓާރ ޔުނައިޓެޑް އިން ލޯނަކަށް ބާސެލޯއާއި ގުޅުނު މާކަސް ރަޝްފޯޑްއެވެ.
ލީގުގެ އެންމެ ފޯރިގަދަ ވެގެންދާނެ މެޗު އެލް ކްލެސިކޯ ގެ މެޗަށް ގިނަ މީހުން އިންތިޒާރު ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެެވެއެވެ. އެ މެޗު ބާސެލޯނާ ކާމިޔާބު ކޮށްފިނަމަ ލީގު ލިބުނީއެވެ. މި މެޗު އޮންނާނީ މޭ 11 ވަނަދުވަހު 00:00 ގައިއެވެ.

