މި އަހަރުގެ އެފްއޭ ކަޕުގެ ފައިނަލުގައި ސިޓީ އާއި ޗެލްސީ ވާދަކުރަން ޖެހިއްޖެއެވެ.
ސިޓީ ފައިނަލުން ޖާގަ ހޯދީ ސައުތުހެމްޓަން އަތުން 2-1 އިން މޮޅުވެގެންނެވެ. މިއީ ސިޓީ އެފްއޭ ކަޕުގެ ފައިނަލުން ޖެހިޖެހިގެން ޖާގަ ހޯދި ހަތަރު ވަނަ ފަހަރެވެ. ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ބައްދަލު ކުރި މެޗު ޗެލްސީއިން ވަނީ 1-0 އަކުން މޮޅުވެފައެވެ.
މިއީ މެންޗެސްޓާ ސިޓީގެ އެފްއޭ ކަޕްގެ 15 ވަނަ ފައިނަލެވެ. އަދި މިއީ ސިޓީއިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ފައިނަލުގައި ކުޅޭ ފަހަރެވެ. މިފަހަރު ސިޓީ އިން މި ތަށި ކާމިޔާބުކޮށްފިނަމަ 8 ވަނަ ފަހަރު ޗެމްޕިއަންކަން ލިބޭނެއެވެ.
މިއީ ޗެލްސީ އެފްއޭ ކަޕްގެ 17 ވަނަ ފައިނަލެވެ. 2022 ވަނަ އަހަރަށް ފަހު ފުރަތަމަ ފައިނަލެވެ. ޗެލްސީ އިން މި ތަށި ކާމިޔާބުކޮށްފިނަމަ 9 ވަނަ ފަހަރު ޗެމްޕިއަންކަން ލިބޭނެއެވެ.
އެފްއޭ ކަޕް ފައިނަލް އޮންނާނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި 16 މެއި 2026 ގައެވެ.

