ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ހުސްވުމުން ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ދިން މުއްދަތު އިލެކްޝަންސް ކޮމިޝަން އިތުރުކޮށްފިއެވެ.
އީސީން ބުނީ އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ދިން މުއްދަތު އަންނަ މޭ މަހު ދެވަނަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އިންތިޙާބަށް ކުރިމަތިލުމަށް ފޯމު ބަލައިގަންނާނީ candidacy@elections.gov.mv އީ-މެއިލް މެދުވެރިކޮށް ނުވަތަ އީސީއަށް ގޮސް ހުށަހެޅުމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް މިހާތަނަށް ދެ ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ.
އެއީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު ސިނާން އެވެ.

