ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް މއ. ޔެލޯބެލް މުޙައްމަދު ނިޒާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަނުކުރައްވައިފިއެވެ. ޕީސީބީން ވަނީ އައު ރައީސަށް މަރުޙަބާ ދަންނަވައި، އިސްތިޢުފާ ދެއްވި އަނަސް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ މާހިރެކެވެ. އޭނާ ވަނީ މީގެ ކުރިން 2014 އިން 2019 އަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވައި، ސަރުކާރުގެ ކުންފުނިތައް ހަރުދަނާކުރުމާއި ގަވަރނަންސް ފްރޭމްވޯކްތައް އެކުލަވައިލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ނިޒާރު ވަނީ ސްޓޭޓް ތްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު އިސް މަޤާމުތަކެއް ފުރުއްވައި، އެ ކުންފުނީގެ ހިންގުމުގެ ނިޒާމުތައް ޒަމާނީ ކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މޯލްޑިވްސް ގޭސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަމާއި، ރިސްކް މެނޭޖްމަންޓާއި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ޤައުމީ ފެންވަރުގެ ކޮމިޓީތަކުގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވައި، ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން ބައިނަލްއަޤުވާމީ ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.