ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސައިފިއެވެ. އެ ޕާޓީން ރޭ ވަނީ މިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ޕީއެންސީން ބުނި ގޮތުގައި 75,000 އަށް ވުރެ ގިނަ މެންބަރުން ހިމެނޭ އެ ޕާޓީގެ ތަރުޖަމާނުގެ މަގާމަށް ފިރުޒުލް ހަމަޖެއްސުމާ ގުޅިގެން، އެ ޕާޓީގެ ފަރާތުން އޭނާއަށް ވަނީ މަރުހަބާ ކިޔާފައެވެ. ފިރުޒުލް އަކީ މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ ތަރުޖަމާނުގެ މަގާމަށް ފިރުޒުލް ހަމަޖައްސާފައި މިވަނީ، ސަރުކާރުގެ ބައެއް މުހިންމު މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައެވެ. ފިރުޒުލް އަކީ މީގެ ކުރިން ވެސް ސަރުކާރާއި ޕާޓީގެ މުހިންމު މައުލޫމާތުތައް ހިއްސާކުރުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

