މެންޗެސްޓާރ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ލިވަރޕޫލް އާއި އެކު ކުޅެވުނު މެޗު 3-2 މޮޅުވެ އަންނަ ސީޒަނުގެ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފްގައި މެންޗެސްޓާ ޔުނައިޓެޑް އިން ވަނީ 2 ގޯލް ޖަހައިފައެވެ. ފުރަތަމަ ގޯލް ޖެހީ މި ސީޒަންގައި މެންޗެސްޓާ ޓީމުން އަލަށް ގެނައި މަތިޔަސް ޗުންޔާއެވެ. މެޗުގެ ދެވަނަ ގޯލް ޖެހީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބުރްނޯ ފެރްނާންޑޭޒް ދިން ޕާހަކުން ސެސްކޯއެވެ. މިއީ ބުރްނޯ ފެރްނާންޑޭޒް މި ސީޒަނުގައި އޭނާގެ 20 ވަނަ އެސިސްޓްއެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރު ތަކެއްނުވެ ލިވަރޕޫލް އިން ވަނީ އެޓީމުގެ ފުރަތަމަ ގޯލް ޖަހައިފައެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ ސްޒޯބޮސްލައިއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެންޗެސްޓާ ޓީމުގެ ގޯލް ކީޕަރު ހެދި މިސްޓޭކެއްގެ ބޭނުންހިފާ ގަޕްކޯ ވަނީ މެޗުގެ ނަތީއްޖާ އެއްވަރު ކޮށްފައެވެ.
ނަމަވެސް މެންޗެސްޓާއިން އިތުރު ގޯލެއް ޖަހާ ނަތީއްޖާ 3-2 އަށް ބަދަލުކޮށްފައެވެ. މި ގޯލް ކާމިޔާބު ކުރީ ދާދި ފަހުން އެޓީމުގެ ކޮންޓްރެކްޓް އާކުރި މައިނޫއެވެ.
މިވަގުތު މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 3 ވަނާގައި 64 ޕޮއިންޓާއި އެކުއެވެ. އަދި 4 ވަނައިގައި ލިވަރޕޫލް އާއި އެއްމެޗު މަދުން ކުޅެ ފަސްވަނައިގައި އޮތް އޭސްޓަން ވިލާ އަށް ވެސް ލިބިފައިވަނީ 58 ޕޮއިންޓެވެ.

