ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހަގީގަތަކަށް ހަދައި، އޭގެ ފައިދާ ދެ ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
މި ބަޔާނުގައި ރައީސް މުޢިއްޒު ވަނީ ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔެކައާއެކު ދޭދޭ ގައުމުގެ ކަންކަމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައުޟޫއުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ތައުލީމާއި، ސިއްހަތާއި، ދިފާއީ ދާއިރާގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރު ތަރައްގީ ކުރުމުގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
އިގްތިސާދީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި ސްރީލަންކާއިން އަދާކުރާ ދައުރު ބޮޑު ކަމަށެވެ. އަދި އިންވެސްޓަރުންނާ ރަހުމަތްތެރި މާހައުލެއް ގާއިމުކޮށް، ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، “މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް” ވެގެންދާނީ ދެ ގައުމުގެ ވިޔަފާރިވެރިންނާއި

