ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެންކުއްޖާ ފެނިއްޖެ އެވެ.
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 16 ގައި ދިރިއުޅޭ އުމުރުން 15 އަހަރުގެ އާއިޝަތު އަލްޔާ އަލީ ގެއްލިގެން ހޯދަމުން ދަނިކޮށް، މިއަދު މެންދުރުފަހު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ފެނުނުއިރު ހާލު ރަނގަޅެވެ.
އަލްޔާ ގެއިން މެއި 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައި، އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.
ކުއްޖާ ފެނުނުކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ފެނުނު ތަނަކާއި ނުވަތަ ގެއްލެން މެދުވެރިވި ސަބަބާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

