ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 10:12 ހާއިރުއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭއިން މާލެއަށް ދަތުރުކުރާ ފަޅީގައި، އެއާޕޯޓު ލައިޓް ކައިރިންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތާ ބެހޭގޮތުން ފުލުހުން ބުނީ، ސައިކަލެއް ކަހާލައިގެން ވެއްޓިގޮސް، އެ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި އެކްސިޑެންޓުގައި މަަރުވި މީހާއާ ބެހޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

