ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންގެ ބޭކަލަކު މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުދީ ނިޔާވީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް މިއަދު މޫދަށް ފީނަން އުޅުމުގެ ތެރޭގައި ހާލުދެރަވެގެން ފަރުވާ ދެމުން ދަނިކޮށެވެ.
މަހުދީއަކީ ފެލިދެއަތޮޅުގެ ކަނޑުގެ ސަރަހައްދުގައި ގެއްލިފައިވާ ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހިންގަމުންދާ ވަރުގަދަ އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ އެކަކެވެ.
މާތް الله، މި ހާދިސާގައި ނިޔާވެފައިވާ މުޙައްމަދު މަހުދީގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި!އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن

