މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާގެ ރެކޯޑް މިއަދު މުގުރާލައިފިއެވެ.
ބްރޫނޯ މި ތާރީޚީ ކާމިޔާބީ ހާސިލްކުރީ 2025/26 ވަނަ އަހަރުގެ ސީޒަނުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަންއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގައި އޭނާ ހެދި 1 އެސިސްޓް އާއި އެކު މި ސީޒަނުގައި އޭނާ ހެދި އެސިސްޓްގެ އަދަދު ވަނީ 21 އަށް އަރާފައެވެ. މި މެޗުގައި އެސިސްޓް އިތުރުން އޭނާ ވަނޯ ގޯލެއްވެސް ކާމިޔާބު ކޮށްފައެވެ.
މީގެ ކުރިން މި ރެކޯޑް ހިފަހައްޓަމުން އައީ 20 އެސިސްޓާއެކު އާސެނަލްގެ ލެޖެންޑް ތިއަރީ އޮންރީ އާއި މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާއެވެ. ނަމަވެސް ބްރައިޓަން މެޗުގައި ބްރޫނޯ ހެދި 21 ވަނަ އެސިސްޓާއެކު، އޭނާ މިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔާގެ ގޮތުގައި އެކަނި ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

