ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސް މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ. މިއީ އެމަނިކުފާނު ކުރައްވާ އަމިއްލަފުޅު ނުރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

