އިންޑިޔާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރާވަތު ދަތުރުކުރަމުންދިޔަ މިލިޓަރީ ހެލިކޮޕްޓަރެއް ވެއްޓި އެކްސިޑެންޓެއް ހިނގައިފިއެވެ.
އިންޑިޔާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި މިއެކްސިޑެންޓުގައި ޑިފެންސް ޗީފް ބައިވެރިވެ ވަޑައިގަތް ނަމަވެސް އެބޭފުޅާއަށް ލިބުނު ގެއްލުމެއް އަދި އެނގިފައި ނުވާ ކަމަށެވެ. އިންޑީޔާގެ ޓަމިިލްނާޑޫ ސްޓޭޓަށް ހެލިކޮޕްޓަރ ވެއްޓި ހިގާދިޔަ މިއެކްސިޑެންޓުގައި އެހެލިކޮޕްޓަރުން ދަތުރުކުރަމުންދިޔަ ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި ތިން މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ޖެނެރަލް ބިޕިން ރާވަތުގެ އާއިލާގެ މެމްބަރުންގެ އިތުރުން އޭނަގެ ބައެއް މުވައްޒަފުންވެސް ވަނީ މިދަތުރުގައި ބައިވެރިވެފައެވެ.
އިންޑިޔާގެ ވައިގެ އަސްކަރިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައިއޭއެފް އެމްއައި-17ވީ5 ހެލިކޮޕްޓަރެއް، ސީޑީއެސް ޖެނެރަލް ބިޕިން ރާވަތު ދަތުރުކުރި ހެލިކޮޕްޓަރ ޓެމިލްނާޑޫގެ ކޫނޫރު ކައިރިން މިއަދު އެކްސިޑެންޓްވެފައިވާ ކަމަށާއި މިއެކްސިޑެންޓް ހިގަން މެދުވެރިވި ސަބަބެއް ހޯދުމަށް ތަހުޤީގުކުރާނެ ކަމަށެވެ.

