ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު މުޙައްމަދު ހިލްމީގެ އެންމެ ފަހުގެ އުފެއްދުން، ހިތްގައިމު އިހްސާސްތަކަކުން ފުރިގެންވާ ފިލްމު “ލަމްހާ” މި މަހުގެ 4 ވަނަ ދުވަހު ތިނަދޫ ސިޓީގައި ދައްކަން ތައްޔާރުވެއްޖެއެވެ.
މަންމައަކާއި ދަރިއެއްގެ ދެމެދުގައިވާ މަތިވެރި ލޯތްބާއި ކުލުނު، ފުރިހަމަ ފިލްމީ ހުނަރާއެކު ގެނެސްދޭ މި ފިލްމަކީ، ބެލުންތެރިންގެ ހިތްތަކަށް އަސަރުކުރުވާނެ ފިލްމެއްކަން މީގެ ކުރިން ފިލްމްގެ ޑައިރެކްޓަރ ވަނީ ބުނެފައެވެ.
16 އަހަރުން މަތީގެ ކޮންމެ މީހަކަށް އާއިލާއާއި އެކީ ބެލޭނެ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ހުނަރުވެރި ބަތަލާ އައިޝާ އަލީގެ މޮޅު އެކްޓިންގ މި ފިލްމުން ފެނިގެންދާނެއެވެ.
ލަމްހާގެ ޕްރޮޑަކްޝަން ހައުސްއިން ބުނީ މިފަހަރުގެ މި ޚާއްސަ ޝޯއަކީ ފިލްމު ބަލަން ލޯބިކުރާ ތިނަދޫގެ ހުރިހާ ފަރާތްތަކަށް ވެސް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި އާއިލާއާ އެކު ނުވަތަ ރަހުމަތްތެރިންނާ އެކު މި ފިލްމު ބަލާލަން ވަޑައިގަތުމަކީ، ހިތްގައިމު ރެއަކަށް ވެގެންދާނެއެވެ.
މި ފިލްމު ބަލާލުމަށް ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ވީ އެންމެ އަވަހަކަށް 7486545 މި ނަންބަރަށް ގުޅުއްވައިގެން ޓިކެޓް ކަށަވަރުކޮށްލެއްވުމަށް ފިލްމްގެ ޕްރޮޑަކްޝަން ހައުސް އިން ވަނީ އެދިފައެވެ.

