އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްކަމުގެ މަގާމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހްމާން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާއާ މުބަރިކުބާދީ އަރިސްކުރައްވައިފިއެވެ.
ޑރ. ހަލީލުއްރަހްމާނަށް މަރުހަބާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ބޭފުޅަކު ބައިނަލްއަގުވާމީ މިފަދަ ޝަރަފުވެރި މަގާމަކަށް ހޮވިވަޑައިގަތުމަކީ ބަންގްލަދޭޝްގެ އިތުރުން މުޅި މި ސަރަހައްދަށްވެސް ލިބުނު ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްވެސް ވަނީ ޑރ. ހަލީލުއްރަހްމާނަށް ތަހުނިޔާ ވިދާޅުވެފައެވެ.

