އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވަން ކުރިން ހަމަޖެހިފައި އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ބާއްވާ ތާރީޚު އަވަސްކޮށްފިއެވެ.
ކޮންގްރެސް ބާއްވާ ތާރީކު އަވަސްކުރަން ހުށަހެއްޅުއްވީ، އަންގާރަ ދުވަހުގެރޭ ބޭއްވި ޕީއެންސީގެ ސެނެޓު މެމްބަރުންގެ ބައްދަލުވުމުގައި، ޕާޓީގެ ރައީސް، ރައީސް ޑރ މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ހުށަހެޅުއްވީ، ކޮންގްރެސް އަވަސް ކުރުމަށެވެ. އެ ހުށަހެޅުން ސެނެޓުގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް ކޮންގްރެސް ބާއްވާނެ ވަކި ތާރީޚެއް އަދި ނިންމާފައިނުވެއެވެ.
ޕީއެންސީއިން ގެންދަނީ ޕާޓީ ތެރެ އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ތެރެއިން ރައްޔިތުންނަސް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމަށް ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެކަމަށް ޓަކައި ދެން ޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ކައިރި ކައިރީގައި ބާއްވަން ވެސް ވަނީ ނިންމާފައެވެ

