ވަޠަނީ ހިދުމަތްގެ ތަމްރީނުގައި ފަންނީ ތަފާތު 6 ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ވަޠަނީ ހިދުމަތްގެ ތަމްރީނުގެ ދެވަނަ ބުރު ފުރިހަމަކުރި ބައިވެރިންގެ ތެރެއިން 77 ބައިވެރިއަކު ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ބ. ކިހާދޫއަށް ފުރި ޚަބަރު ހިއްސާކުރެއްވި ކުރެއްވި ސޯޝަލް މީޑިޔާ ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވެފައިވަނީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްއިން ތަމްރީނު ހޯދުމަށް ފުރާފައިވާ ކަމަށެވެ.
ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން ބައިވެރިވާ މި ތަމްރީނުގައި ތަފާތު 6 ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތުލިބިގެން ދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގައި 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވިއެވެ. އެއީ، 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އޭގެ ތެރެއިން ދަސްވެނިވެފައިވަނީ 344 ދަރިވަރަކެވެ.
ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގައި 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވިއެވެ. އެއީ، 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ.
ރައީސްގެ ހާއްސަ އިސްނެންގެވުމަކާ އެކު ފެށި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި އެ ކުދިންނަށް ވަނީ އިސްލާމީ އަހުލާގީ ސިފަތަކާއި އާންމު އިޖުތިމާއި ރިވެތި ސިފަތަކާއި ދިވެހި ގައުމިއްޔަތުގެ މުހިންމު ބައިތައް ކިޔަވައިދީފައެވެ. ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅޭނެ ގޮތްތަކާއި އެކި ހާލަތްތަކުގައި މަސައްކަތްކުރާނެ ހުނަރުތައް އެ ޒުވާނުންނަށް ވަނީ ކިޔައިދީފައެވެ.

