އެސްޓީއޯ ޝެޑް ރޭޓުން، ތިނަދޫއިން މަސްވެރިންނަށް ތެޔޮލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައެވެ.
މިއާ އެކު މަސްވެރިކަމުގެ ސިނާއަތަށް ލޮޅުން ނާންނަގޮތަށް ތެޔޮ ފޯރުކޮށްދިނުން ކުރިއަށް ގެންދިއުމުގެ މަގްސަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ ދަށުން މަސްވެރިންނަށް ހާއްސަ އަގެއްގައި 11 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި އޭގެ ސީދާ އަސަރު ރާއްޖެއަށްވެސް ކުރަމުން ދިޔަ ނަމަވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

