31 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ދ.މީދޫ ސާޔާ، ޞިއްދީޤު ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށް ތައުޒިޔާ އަރިސްކުރައްވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިއްދީގުއަކީ ދ.މީދޫގައި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. މީދޫ އަށާއި އަދި ދިވެހި ދައުލަތަށް ވެސް އޭނާގެ އިޚްލާސްތެރި ހިދުމަތްތައް ދިގުމުއްދަތެއްގައި ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ސިއްދީގު ކުރައްވަފައިވާ މަސައްކަތް ފާހަގަކުރައްވާފައެވެ.
އަގުހުރި އެ ހިދުމަތްތެރިޔާގެ ވަކިވުމާ އެކު ވެރިވީ ފުން ހިތާމައެއްކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްދީގުގެ އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތުގައި، ސުވަރުގޭގައި ސިއްދީގު ލެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.

