ވަނިކޮށް ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން އުފެއްދި އެޕްލިކޭޝަންގެ އެންޑްރޮއިޑް ޑިވައިސްތަކަށް ޚާއްސަ އެޕްވެސް ތައާރަފްކޮށްފިއެވެ.
އެގޮތުން އެމްޓީސީސީއިން މިހާރު ވަނީ މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންވެސް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
މީގެ ކުރިން އެމްޓީސީއިން ވަނީ، ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް އުފެއްދި އެޕްލިކޭޝަންގެ އެޕަލް ވާޝަން ތައަރަފްކޮށްފައެވެ.
ޓެކްސީލައިން އެޕްލިކޭޝަންގައި ފައިސާ ދެއްކޭނެ ތިން އިޚުތިޔާރެއް ފަހިކޮށް ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
އެޕްލިކޭޝަންގައި ހިމެނޭ ‘އިން – އެޕް ވޮލެޓު’ – ބޭންކް އެކައުންޓަކުން މި ވޮލެޓަށް ފައިސާ ޖަމާކުރުމަށްފަހު ޓެކްސީ ހިދުމަތް ހޯދަން ބޭނުން ކުރެވޭނެ
-
ކާޑު – ކާޑުން ފައިސާ ދައްކާ ނަމަ، ދަތުރު ފެށުމުގެ ކުރިން ފައިސާ ދައްކަންޖެހޭ
-
ސްކޭން ޓު ޕޭ – ދަތުރު ނިންމާލުމަށްފަހު ފައިސާ ދެއްކުމުގެ އިހުތިޔާރު ލިބެނީ މި އޮޕްޝަނުން
މި އެޕްގެ އިތުރު ފީޗާތަކުގެ ތެރޭގައި، ގިނަވެގެން 3 ގަޑިއިރު ކުރިން، ޓެކްސީއެއް ބުކް ކުރުން، ދަތުރުމަތީގައި އެއްވެސް ނުރައްކަލެއް އިހުސާސްވާ ނަމަ އެކަން އަންގަން ބޭނުންކުރެވޭ އެސްއޯއެސް އެމަޖެންސީ ފީޗާ، މެސެޖު ނުވަތަ ގުޅައިގެން ޑްރައިވަރާ މުއަމާލާތު ކުރުން، ދަތުރު ނިމުމުން ކަސްޓަމަރުންގެ ހިޔާލު ހިއްސާކުރުން އަދި ކުރިން ކޮށްފައިވާ ދަތުރުތަކާއި ޝެޑިއުލް ކުރާ ދަތުރުތައް ބަލައިލުން ފަދަ، ޓެކްސީ އެޕްލިކޭޝަންތަކުން އާންމުކޮށް ފެންނަ ފީޗާތައް ހިމެނެ އެވެ.
ޓެކްސީގެ ހިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތަކަށް ވާއިރު، ސަރުކާރުގެ ބޭނުމަކީ އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވަޒީރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެމްޓީސީސީން މި ދާއިރާއަށް ނުކުތީ ވަކި މިންގަނޑުތަކެއް ހިފަހައްޓައި، މި ހިދުމަތް ދިނުމުގައި ނަމޫނާ ދެއްކުމަށް ކަމަށްވެސް މިނިސްޓަރު އޭރު ފާހަގަކުރެއްވިއެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

