އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ޕީއެޗްޑީ ކޯސްތަކަށް ވަރަށް ފުރިހަމަ ތަރުހީބެއް ލިބެމުން އަންނަކަން ހާމަކޮށްފިއެވެ.
އައިޔޫއެމްގެ ޕީއެޗްޑީ ކޯސްތަކަށް ވަރަށް ގިނަ ދަރިވަރުން ކުރިމަތިލަމުން އަންނަކަމަށާއި، މިހާރުވެސް 100 އަށްވުރެ ގިނަ ދަރިވަރުން އެޔުނިވަރސިޓީން ޕީއެޗްޑީއަށް ކިޔަވަމުންދާކަން އެ ޔުނިވާސިޓީއިން ހާމަކުރައްވާފައިވަނީ، ދައުލަތުގެ މީޑިޔާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝީނާއެވެ.
ޑރ. ޝީނާ ވިދާޅުވި ގޮތުގައި، ކުރިޔާއި ޚިލާފަށް ޕީއެޗްޑީގެ ކޯސްތަކަށް ވަރަށް ޑިމާންޑް ބޮޑުކަމަށެވެ. ޝިނާ ވިދާޅުވީ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން މިދިޔަ ސެމިސްޓަރގައި ޕީއެޗްޑީއަށް ހުޅުވާލި 5 ފުރުސަތަށްވެސް 30 އަށްވުރެ ގިނަދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ.
ޑރ ޝީނާ ވިދާޅުވީ ޕީއެޗްޑީއަކީ ދިރާސާގެ މައްޗަށް ބިނާވެފައިވާ ކޯހަކަށްވުމުން، ދަރިވަރުން ހޮވުމުގައި އެކުދިން ހުށަހަޅާ ޕްރޮޕޯސަލަށް އަހުލުވެރިވެފައިވާ މިންވަރަށް ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ.
ޑރ ޝީނާގެ އިތުރުން ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު ޞާލިހުވެސް އެ ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ވިދާޅުވީ، ގައުމީ ޔުނިވާސިޓީގައި މި ސެމިސްޓަރގައި ޕީއެޗްޑީއަށް ހުޅުވާލާފައިވަނީ ހަމައެކަނި ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ނަމަވެސް، އެހެން ފެކަލްޓީތަކުގައިވެސް ޕީއެޗްޑީ ކޯސްތައް ހިންގަމުންދާ ކަމަށެވެ.
އެގޮތުން ކުއްލިއްޔާ އޮފް ރިވީލް ނޮލެޖް، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ، އަދި މެނޭޖްމެންޓް އެންޑް ލީޑަރޝިޕް ކުއްލިއްޔާ ހިމެނޭހެން ޖުމްލަ 4 ފެކަލްޓީއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އާންމުކޮށް އޮންނަކަމަށް ޞާލިހު ވިދާޅުވިއެވެ.
އައިޔޫއެމްގެ 4 ފެކަލްޓީއެއްގައި ޕީއެޗްޑީގެ ކޯސްތައް އަންނަނީ ހިންގަމުންނެވެ. އޭގެތެރޭގައި ކުއްލިއްޔާ އޮފް ރިވީލް ނޮލެޖުގައި އުސޫލު ފިޤުުހުގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތާއި، ކުއްލިއްޔާ އޮފް ޝަރީޢާ އިން ލޯގައި ޝަރީޢާއިން ލޯ އިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުގެ އިތުރުން މެނޭޖްމަންޓް އިން ލީޑަޝިޕުން ޕީއެޗްޑީ ހެދުމުގެ ފުރުސަތާއި ކުއްލިއްޔާ އޮފް އެޑިޔުކޭޝަނުންވެސް ޕީއެޗްޑީ ހެދުމުގެ ފުރުސަތުވެސް ހެދުމުގެ ފުރުސަތު ލިބެއެވެ.

