ބައެއް ފަހަރު ކުއްލިއަކަށް ކުރިމަތިވާ ހިތާމަވެރި ހާދިސާއަކުން މުޅި ދިރިއުޅުން ފުށުން ޖަހާލައެވެ. މޯލްޑިވިއަންގެ ހީވާގި މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ޒިއާމް އަބްދުލް ހާދީގެ އުޖާލާ ދިރިއުޅުމަށް ކުއްލި އަނދިރިކަމެއް ވެރިވީ މީގެ ފަސް އަހަރު ކުރިން ޖެހުނު ސްޓްރޯކަކާ ގުޅިގެންނެވެ. 2021 އޮގަސްޓް 27 ވަނަ ދުވަހު ޑިއުޓީއަށް ދާން ތައްޔާރުވަމުން ދަނިކޮށް ދިމާވި މި ހާދިސާއާއެކު، ތިން ކުދިންގެ ބައްޕައެއްގެ ޒިންމާ އުފުލަމުންދިޔަ ޒުވާނާ މިއަދު މިވަނީ އެހެން މީހުންގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ.
ސްޓްރޯކް ޖެހުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައާއި ވޯޑުގައި ދެ މަސް ދުވަހު ފަރުވާ ހޯދުމަށްފަހު، ޒިއާމް ވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ހަތަރު މަސް ދުވަހު ފަރުވާ ހޯދާފައެވެ. ރާއްޖެ އައިސް ދިވެހި ބޭސްވެސް ކޮށްފައިވާއިރު، މިހާރު އޭނާގެ ހުރިހާ ކަމެއް ބަލަހައްޓަނީ އުމުރުން ދުވަސްވީ ބަލި މަންމައެވެ.
އާސަންދަ ދީފައިމެ ފަހުން އާސަންދަ ނުލިބޭނެ ކަމަށް ބުނެ ޖަވާބު ދިން ފަހުން އަނެއްކާވެސް ޒިއާމް ޑޮކްޓަރަށް ދައްކައި އެތައް އާދޭހެއް ކޮށް އެތައް މަސައްކަތެއް ކުރި ފަހުން މިހާރު އަނެއްކާވެސް އާސަންދަ މިވަނީ ލިޔެދީ، އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރުން ފަރުވާ ލިބެން ޖެހޭ ކަމަށް ބުނެފަައޮވެއެވެ. މި އާސަންދަ ލިބޭމ ނުލިބޭ، ރާއްޖެއިން ފަރުވާ ލިބޭނެ، ރާއްޖެއިން ލިބޭ ފަރުވާއެއް ނޫން، ސިޓީތަކާއި ޖަވާބުތަކުގެ ތެރެއިން އަނެއްކާވެސް ަޒިއާމްގެ ބަލިހާލަތުގެ އިތުރު 6 މަސް، 7 މަސް ވަނީ ފަރުވާ ނުލިބި ހޭދަކުރަން ޖެހިފައެވެ.
ޒިއާމްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިތުރު 6 މަސް ދުވަހުގެ ތެރަޕީއާއި ފަރުވާ އިންޑިއާގައި ހޯދުމަށް ޑޮކްޓަރުން މިހާރު ވަނީ ލަފާދެއްވާފައެވެ.
ޑޮކްޓަރުން އާސަންދައަށް ލިޔެދެއްވާފައިވީ ނަމަވެސް، އާސަންދައިން ހަމަޖެހެނީ ހަމައެކަނި ބޭސްފަރުވާގެ ޚަރަދެވެ. އިންޑިއާގައި 6 މަސް ދުވަހު މަޑުކޮށްގެން ފަރުވާ ހޯދުމަށް ބޭނުންވާ ހުރުމާއި، ކެއުމާއި، ދަތުރުފަތުރުގެ އިތުރުން އެހީތެރިޔާގެ ޚަރަދުތައް ހަމަޖައްސާނެ އެއްވެސް ގޮތެއް ޒިއާމްގެ އާއިލާއަކަށް ނެތެވެ. "އާސަންދަ އެހީދެނީ ހަމައެކަނި ބޭހަށް. ބާކީ ކަންކަން ހަމަޖައްސާނެ ގޮތެއް ނެތް މީހެއްނަމަ އެދެނީ އާންމުންގެ އެހީއަށް،" އާއިލާއިން ބުނެފައިވެއެވެ.
ޒިއާމްގެ އާދޭހަކީ އޭނާގެ މި ބަލި ހާލަތުން އަރައިގަނެ، ދަރިންނަށްޓަކައި އަލުން ދިރިއުޅުން އާރާސްތު ކުރުމުގެ ފުރުސަތެއް ލިބުމެވެ. ދީލަތި އެހީތެރިންގެ އެހީއާއެކު ޒިއާމަށް މި ފަރުވާ ލިބިއްޖެނަމަ، އެއީ އެ އާއިލާއަށް ލިބޭނެ އާ ދިިރިއުޅުމެކެވެ.
ޒިއާމްގެ ފަރުވާއަށް ބޭނުންވާ 6 މަސްދުވަހުގެ ޚަރަދާއި، އެ މުއްދަތުގައި ދަރިން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަކީ މިވަގުތު އެންމެ މުހިންމު ކަމެވެ. މުޖުތަމަޢުގެ ފަރާތުން ލިބޭ ކޮންމެ އެހީތެރިކަމަކީ ޒިއާމްގެ ފަރުވާއަށާއި، އޭނާގެ ތިން ކުދިންގެ މުސްތަޤްބަލަށް އެޅޭ ހަރުދަނާ ބިންގަލަކަށް ވެގެންދާނެއެވެ.
ހަމައެންމެ ކުޑަކުޑަ އެހީއަކީވެސް ބޮޑު ބަދަލެއްގެ އަސްލަކަށް ވެދާނެއެވެ.
ﷲ ތައާލާ އެއްވެސް އަޅަކު އޭނާގެ އަޚާއަށް ވެދޭ އެހީއެއް ބޭކާރުކޮށްނުލައްވާނެތެވެ. ޒިއާމްގެ އާދޭހަކީ އޭނާގެ ކުޑަ 3 ކުދިންގެވެސް އަޑެވެ. އޭނާގެ މަންމަގެ ވެސް އަޑެވެ. ހެޔޮއެދޭ މިތުރުންވެސް އަޑެވެ. ﷲއަށްޓަކައި މި ޒުވާނާގެ ފަރުވާއަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުން އެދި އާދޭސް ދަންނަވަމެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް
ޒިއާމްގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާގެ ތިން ކުދިންގެ މުސްތަޤްބަލަށްޓަކައިވެސް ކޮށްދެވޭނެ ބޮޑު ހެޔޮކަމެކެވެ. ޒިއާމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެކައުންޓް ތަފްސީލު އަދި ގުޅޭނެ ނަމްބަރ؛
- ޒިއާމް އަބްދުލް ހާދީ – ގުޅޭނެ ނަންބަރު: 7774537
- ދިވެހި ރުފިޔާ އެކައުންޓް: 7713452749101
- ޑޮލަރު އެކައުންޓް: 7730000780313
ޒިއާމްގެ އާދޭހަކީ އޭނާގެ ކުޑަ ތިން ކުދިންނާއި ބަލި މަންމަގެވެސް އާދޭހެވެ. ދީލަތި އެހީތެރިކަމަކަށް އެދި އާއިލާއިން ކުރާ މި އާދޭހުގައި ބައިވެރިވެ، މި ޒުވާނާގެ ފަރުވާއަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަކީ އާއިލާގެ ބޮޑު އުއްމީދެކެވެ.


