މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މާލީ ވަޒީރުކަމުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މޫސާ ޒަމީރަކީ މި ސަރުކާރުގެ އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވަނީ ސަރުކާރުގެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތަކުގައިވެސް އިސްކޮށް އުޅުއްވާފައެވެ.
ތަފުސީލު އަންނަނީ—

