މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ނުވަތަ މީރާގެ އިސްވެރިޔާގެ މަގާމުގަައި ހުންނެވި ހަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިިއެވެ.
މާލީ ވަޒީރުކަމުގައި ހުންނެވި މޫސާ ޒަމީރު މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވުމުން، ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ހަސަން ޒަރީރު އެ މަގާމަށް ހަމަޖައްސަވާ ވަޒީރުކަމުގެ ފަތް ހަވާލުކުރައްވާފައެވެ. ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އޭނާއަށް ވަޒީރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

