މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވަލުކޮށްގެން ސަރުކާރުން އއ. އުކުޅަހުގައި ތަރައްގީ ކުރާ އެރަށު ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް އެ ކުންފުނިން ހާަމަކޮށްފިއެވެ.
އެމްޓީސީސީ އިން ވިދާޅުވެފަިއވާ ގޮތުގައި، އުކުޅަހު ބަނދަރު މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ސޭންޑްފިލް ބްރޭކްވޯޓާ ޕްރޮފައިލިން މަސައްކަތް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 4،954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، ބޮޑު ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 484 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 264 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ކުންފުނިން މައުލޫމާތު ދެއްވާފައިވެއެވެ.
ހަމައެހެންމެ، ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، 1،640 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުން ގެންދަނީ ހުރިހާ ރަށަކަށްވެސް ތަފާތުކުރުމެއް ނެތި ތަރައްގީގެ ގެނެސްދިނުމަށް ގިނަ މަޝްރޫއުތައް އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

