ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިއަހަރުގެ ޖޫން މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އެ ގްރޫޕުން މިއަދު ހުޅުވާލައިފިއެވެ.
އެ ގްރޫޕުން މައުލޫމާތު ދޭ ގޮތުގައި ޖޫން މަހުގެ އުމްރާ ދަތުރުގެ އަގަކީ 28,990 ރުފިޔާ އެވެ. މި ދަތުރުގައި ބައިވެރިވާ އުމްރާވެރިންނަށް ގިނަ ލުއިފަސޭހަތަކަކާއި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ހިލޭ ތިން އުމްރާ ކުރުމުގެ ފުރުސަތާއި، މައްކާ އަދި މަދީނާގެ މުގައްދަސް ތަންތަނަށް ޒިޔާރަތްކުރުން ހިމެނެއެވެ.
މީގެ އިތުރުން، ޝައިޚުންގެ ދީނީ އިރުޝާދާއެކު ތާއިފް، ޖިއްދާ އަދި ބާޒާރު ދަތުރުތައް ކުރިއަށްދާނެ ކަމަށް އެ ގްރޫޕުން ބުނެއެވެ. އުމްރާވެރިންނަށް ދިވެހިންނަށް ކަމުދާ ފަދަ ކެއުންބުއިމުގެ އިންތިޒާމުތަކުގެ އިތުރުން، ކޮންމެ މީހަކަށް އުމްރާ ކިޓެއް ދިނުމާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 9110909، 9632514 ނުވަތަ 9545451 ނަންބަރާ ގުޅުމަށް އެ ގްރޫޕުން އެދެއެވެ.
ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުން ފާހަގަކުރި ގޮތުގައި، ނިމިދިޔަ ރަމަޟާން މަހު އެ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ ފަރާތްތަކުން ވަނީ މަދީނާގެ ރައުލާ އާއި، ގުބާ މިސްކިތް އަދި އުހުދު ހަނގުރާމަ ކުރެވުނު މައިދާން ފަދަ ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށްފައެވެ. އެ ހުރިހާ ޒިޔާރަތްތަކެއްގައި ވެސް ޝައިޚުންގެ ފަރާތުން ތާރީޚީ މައުލޫމާތާއި ދީނީ ނަސޭހަތް ދީފައިވެއެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ސްކޫލް ޗުއްޓީތަކާ ދިމާވާ ގޮތަށް ގިނަ އުމްރާ ދަތުރުތަކެއް އެ ގްރޫޕުން ވަނީ ތާވަލުކޮށްފައެވެ. އެގޮތުން މިއަހަރުގެ ޖޫން، ޖުލައި އަދި ސެޕްޓެމްބަރު މަހުގެ އިތުރުން 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ވެސް ދަތުރުތައް ވަނީ ރޭވިފައެވެ.

