އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްތަކުގެ ތެރެއިން، މުހިއްމު ފިޔަަވަޅުތަކެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.
ސިންގްލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދު” މިހާރު ތިމާވެއްޓާ ބެހޭ ވުޒާރާއިންވަނީ އާންމުކޮށްފައެވެ. މިގަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މަނާކޮށްފައިވާ ބާވަތްތައް އެތެރެކޮށް ވިއްކާ އަދި ބޭނުންކުރާނަމަ ފިޔަވަޅު އެޅުމަށްވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން ތިމާވެއްޓާ ބެހޭ ވުޒާރާއިން މިސްމީީޑިޔާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިފަދަ ބާވަތެއް ބޭނުންކޮށް ވިއްކާ، އަދި އުފައްދާ ފުރަތަމަ ފަހަރުނަމަ ނަސޭޙަތްދިނުމަށްފަހު ދޫކޮށްލާނެ ކަމަށެވެ. އަދި ދެވަނަ ފަހަރު ނަމަ ނަސޭޙަތްތެރިވުމާއެކު، އެތެރެކޮށްފައިވާ ނުވަތަ އުފައްދާފައިވާ ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެއްގެ ޢަދަދަށް ބަލައި ކޮންމެ އެއްޗަކަށް 150 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މިގަވާއިދުގެ ދަށުން ޖޫނިމަނާކުރެވޭނެ އެންމެ މަތީ ޢަދަދަކީ 1 ލައްކަ ރުފިޔާއަށްވުރެ ގިނަ ނުވާނެ އަދަދެކެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއްކައްޗަކީ، ޕްލާސްޓިކް ކޮތަޅެވެ. ގަވާއިދުގައި ބަޔާންކުރާ ގޮތުން 30 ސެންޓިމީޓަރުގެ ޕްލާސްޓިކް ކުދިކޮތަޅު ބޭނުންކުރުމަކީ މަނާކަމެކެވެ. އެހެންކަމުން މިއަހަރުގެ ސެޕްޓެމްބަރު މަހު ގަވާއިދު ތަންފީޒުކުރަން ފަށާ، މިސައިޒުގެ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ބާޒާރުކުރުމުގައި ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ހެދުމަށް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2022 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން 13 ބާވަތެއް ޕްލާސްޓިކް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމާއި އުފެއްދުން މަނާކޮށްފައެވެ.
އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެޤަރާރު ދަމަހައްޓަވާ، ލިސްޓަށް ސުޕާރީ ޕެކެޓު ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ލިސްޓަށް އިތުރުކުރައްވާ، 14 ބާވަތާއެކުވަނީ 2023 ވަނަ އަހަރު ޤަރާރެއް ނެރުއްވާފައެވެ. އެފަހުން ލިސްޓުގައި ހިމެނޭ 1 ލީޓަރަށްވުރެ ކުދި ފެން ފުޅި ރާއްޖޭގައި އުފެއްދުން މަނާކުރާ ތާރީޚު 2027 ވަނަ އަހަރަށް އަދި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 2028Singleއަށް ވަނީ ފަސްކުރައްވާފައެވެ.

