ހޭންޑީ ބްރޭންޑުގެ ބިއްލޫރި ފުޅި ފެނަކީ ބޭނުންކުރުމަށް ރައްކާތެރި ފެނެއްކަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަށަވަރުކޮށް ދެއްވައިފިއެވެ.
ހެންޑީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާ އެ އެޖެންސީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު، އެ ފެން އަލުން ތަޙުލީލުކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުރެވުނު ތަޙުލީލުތަކުގެ ނަތީޖާތަކަށް ބަލާއިރު، އެ ފެނަކީ އާންމު ޞިއްޙަތަށް ނުރައްކަލެއް ނެތް، ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ފެންވަރުގެ ފެނެއްކަން މިހާރު ޔަގީންކުރެވިފައިވާ ކަމަށް ވެސް އެމްއެފްޑީއޭގެ ބަޔާނުގައި ވެއެވެ.
އެމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ، މިހާރު ހޭންޑީ ބިއްލޫރި ފުޅި ފެނަކީ އާންމު ސިއްހަތަށް ރައްކާތެރި، ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ފެންވަރުގެ ފެނެއް ކަމަށެވެ.
މި ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެމްއެފްޑީއޭއިން ވަނީ ޚާއްޞަ މަސައްކަތްތަކެއް ކޮށްފައެވެ. މި ނިންމުމަކީ ފެނުގެ ފެންވަރު ހިފެހެއްޓުމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތަކަށްފަހު ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށްލެވެއެވެ.

