ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް މަސްކިރުވި ދޯނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން 6 ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ދޫކޮށްފިއެވެ. މިއީ އިއްޔެ ދޫކުރި 8 ލައްކަ ރުފިޔާއަށްފަހު، މަސްވެރިންނަށް ފައިސާ ދޫކުރުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތުގެ ތެރެއިން ދޫކުރި ފައިސާއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޖުމްލަ 20 އުޅަނދަކަށް 619,600 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މި މަހުގެ 14 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާއެވެ. މީގެ ތެރޭގައި ކަޅުބިލަމަސް ކިރުވި 15 ދޯންޏަކަށް ދޫކުރި 569,940 ރުފިޔާ ހިމެނެއެވެ.
މީގެ އިތުރުން، ބޮޑުކަންނެލި ކިރުވި އުޅަނދުތަކަށްވެސް މިއަދު ވަނީ ފައިސާ ޖަމާކޮށްފައެވެ. އެގޮތުން 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 5 ދޯންޏަކަށް 11,760 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 9 ދޯންޏަކަށް 37,900 ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިއްޔެ އެ ކުންފުނިން ވަނީ 29 އުޅަނދަކަށް ޖުމްލަ 841,400 ރުފިޔާ ދޫކޮށްފައެވެ. މީގެ ތެރޭގައި ކަޅުބިލަމަސް ކިރުވި 26 ދޯންޏަކަށް ދޫކުރި 817,800 ރުފިޔާ ހިމެނެއެވެ. އަދި ބޮޑުކަންނެލި ކިރުވި އުޅަނދުތަކަށްވެސް އިއްޔެ ވަނީ ފައިސާ ޖަމާކޮށްދީފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް ލަސްނުކޮށް ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

