މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ފެނާއި ނަރުދަމާގެ މުހިންމު މަސައްކަތްތަކެއް ނިމިފައިވާ ކަމަށް ން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ތެރެއިން އައު ނަރުދަމާ އާއި ފެން ލައިންތައް ގުޅައިދިނުމުގެ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ ނިމިފައެވެ.
މީގެ އިތުރުން، މަގު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން މައި ފެން ހޮޅި އިންސްޓޯލް ކުރުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އަދި ފެން ހިންދާ ކެޗްޕިޓްތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.
މަޝްރޫއުގެ ތާވަލާ އެއްގޮތަށް މަގުގެ ސެގްމަންޓް 3 ގައި ސަބްގްރޭޑިންގ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ރާވާފައެވެ. މީގެ އިތުރުން، މަގުމަތީގައި ހިނގާ މީހުންނަށް ހާއްސަ ސައިޑްވޯކް ނުވަތަ ދުވާރު ހެދުމުގެ މަސައްކަތާއި، މަގުބައްތިތައް ހަރުކުރުމުގެ އިތުރުން ކޭބަލް ޓްރެންޗްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގުގެ ފެންވަރު ރަނގަޅުކޮށް، އަސާސީ ހިދުމަތްތަކުގެ ނެޓްވޯކްތައް އައުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މަސައްކަތްތައް ނިމުމުން އެ ސަރަހައްދުގެ ދަތުރުފަތުރަށާއި އާންމު ހިދުމަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

