ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރަށް މުސުން ގޯސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.
މެޓު އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވާރޭވެހުން އެކަށީގެންވާ ކަމަށާ، ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މުސުން ލަފާކުރާ ގޮތް ހާމަކުރައްވާ މެޓުން ވަނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 6 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރައްވާފައެވެ.
މީގެ އިތުރުން ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ. ކަނޑުތައް މަޑުވި ނަމަވެސް، ވިއްސާރަވުމުގެ ސަބަބުންނާއި ވާރޭވެހޭ ވަގުތުތަކުގައި ވައިގަދަވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.
ހަމައެހެންމެ، ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުން މޫސުމަށް ސަމާލުކަން ދިނުމަށާއި، ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތަކަށް ދުރާލާ ތައްޔާރުވެ ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މޫސުން ގޯސްވެ ވާރޭވެހެމުން ދިޔަ ނަމަވެސް، ބައެއް ސަރަހައްދުތަކުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ މަތީގައެވެ.

