ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ފައްޓަވާފައިވާ ތަރައްގީގެ ބޮޑު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މާލޭގެ ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެ މަގުގައި އަލަށް ހަދާ ސަރައްދުގައި ތާރަ އަޅަން ތައްޔާރުވެއްޖެއެވެ.
މަޝްރޫއުއާ ހަވާލުވެ ކުރިއަށް ގެންދާ ކުންފުނި އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، ހުޅުމާލޭ ޓަރމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި ހިސާބަށް މިހާރު ސަބް ގްރޭޑިންގގެ މަސައްކަތް ނިމިފައިވާކަމަށެވެ. މިއީ މިހާރު ހަދަމުންގެންދާ ސަރަހައްދުގެ ގާތްގަނޑަކަށް 50 އިންސައްތަ އެއްވަރުކޮށް ނިމުން ކަމުގައިވާއިރު، އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މިހަފްތާގެ ނިޔަލަށް އިއްޒުއްދީން ފާލަމާއި ހަމައަށް މަސައްކަތް ނިންމުމަށް ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.
މީގެ އިތުރުން، މަގު އެއްވަރުކުރުމުގެ މަސައްކަތަށްފަހު ދެން ތާރުއެޅުމުގެ މަސައްކަތްކުރިއަށް ދާނެ ކަމަށާ މަސައްކަތް ކުރަމުންދާ ތާވަލަށް ބަލާއިރު މިމަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ކުރިން އޮތީ ނިންމާފަިކަމަށްވެސް ވެއެވެ. އެމްޓީސީސީއިން ދަނީ ތާވަލާ އެއްގޮތަށް މިމަޝްރޫޢު އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންނެވެ. މިދިޔަ ހަފްތާގެތެރޭގައި ބޮޑުތަކުރުފަނު މަގުގައި މައި ފެންހޮޅި ވަޅުލުމުގެ މަސައްކަތްވެސްވަނީ ނިންމާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

