މަސްވެރިންނަށް ހާއްސަކޮށް އެމް.އެން.ޑީ.އެފުން ފަސްޓްއެއިޑް ޕްރޮގްރާމެއް ގދ.މަޑަވެލީގައި ހިންގައިފިއެވެ.
މަޑަވެލީ ކައުންސިލް އާއި އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ގުޅިގެން އެއްދުވަހުގެ މުއްދަތަކަށް މަޑަވެލީގައި ހިންގި މިޕްރޮގްރާމުގައި ކިޔައިދެވުނު ބައިތަކުގެ ތެރޭގައި ސީޕީއާރު ދޭނެ ގޮތާއި މަސްވެރިކަމުގެ ތެރޭގައި އަނިޔާއެއް ލިބިއްޖެނަމަ ފަރުވާ ދޭނެ ގޮތުގެ އިތުރުން ކަނޑުމަތީ ހާދިސާތަކުން ރައްކާތެރިވެވޭނެ ގޮތްތައް މަސްވެރިންނަށް ކިޔައިދެވުނެވެ.

މިޕްރޮގްރާމުގައި މަޑަވެލީގެ 29 މަސްވެރިޔަކު ވަނީ ބައިވެރިވެފައެވެ.
މިދުވަސްވަރަކީ ކަނޑުމަތީގެ ހާދިސާތައް ގިނަ ދުވަސްވަރަކަށްވާތީ އެމްއެންޑީއެފުން ދަނީ މަސްވެރިން ހޭލުންތރެި ކުރުމުގެ ގޮތުން ގިނަ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން މިއަދު މަޑަވެލީގައި ބޭއްވުނު މިޕްރޮގްރާމުގައި މަސްވެރިންނަށް ފައިދާ ހުރި ގިނަ މައުލޫމާތްތައް ފޯރުކޮށްދެވުނެވެ.

