ފުރަމޭގައި ސަރުބީ ޖެުމާއި ނނޑުގައި ވައިހެދުމާއި ބަނޑު ފުފުމުގެ މައްސަލައަކީ ކެއުމާއި ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ދިމާވާ އުނދަގޫ މައްސަލައެކެވެ. މިކަމަށް އޮތް ގުދުރަތީ ފަރުވާއަކަށް ބަލާއިރު، ލޮނުމެދާއި ލުނބޯ ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިމަކީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ބަނޑުގައި ހުންނަ ނުބައި ބެކްޓީރިއާ ނައްތާލުމަށް އެހީތެރިވެދޭ ވަރަށް ފައިދާހުރި ފަރުވާއެކެވެ.
މި މައްސަލައިން ސަލާމަތްވުމަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތައް ތިރީގައި އެވަނީއެވެ:
- ގުދުރަތީ ފަރުވާ ތައްޔާރުކުރުން: 3 ލުނބޯ (ފޮތިކޮށްފައި)، 3 ލޮނުމެދު (ޗަސްކޮށްފައި)، 5 ސަމުސާ މާމުއި އަދި ވާޖިން އޮއިލް އެއްކޮށްލުމަށްފަހު 12 ގަޑިއިރު މެރިނޭޓް ކުރަން ބެހެއްޓުން.
- ބޭނުންކުރާނެ ގޮތް: ކޮންމެ ދުވަހަކު ދެފަހަރު މި ބުއިމުން ސަމުސަލެއް ބޭނުންކުރުން.
- ދިރިއުޅުމުގެ އާދަތައް: ގަވާއިދުން ފެންބުއިމާއި، ކަސްރަތުކުރުމާއި، ނިދުމުގެ އާދަތައް ރަނގަޅުކުރުމުގެ އިތުރުން ކެއުމުގެ އާދަތަކަށް ސަމާލުކަން ދިނުން.
- ސިއްހީ ސަމާލުކަން: އެލާޖީ ފަދަ މައްސަލައެއް ހުރިނަމަ، މިފަދަ ފަރުވާއެއް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން.
ހުވަދޫމީޑިއާއިން ސޒ
މިހާރު ޓިކްޓޮކް އިން ފަތިސްތަރި މަންޒަރާއި އަޑުން ބަލާލެވޭނެ، ހުވަދޫމީޑިއާ އިން ކޮންމެ ދުވަހަކު ފަތިހުގެ މޫނު އަނދިރިކަން ފިލައިދާވަގުތު ގެނެސްދޭ “ފަތިސްތަރި” ގެ ލިޔުންތަކަށް އިތުރު ދިރުމެއް ގެނެސްދިނުމަށް… މަންޒަރުތަކާއި އަޑުން، “ފަތިސްތަރި” ؛ ތަފާތު އެކިކަހަލަ މައުޟޫއުތަކަށް އަލިއަޅުވައި ތަފުުސީލުކޮށް ގެންނަ އާޓިކަލްތަކުގެ ވީޑިއޯ، އޯޑިއޯ އާއެކު، ޓިކްޓޮކުން، ފޮލޯ، ލައިކް އަދި ޝެއާ ކޮށްލެއްވުން އެދެން، ކޮންމެ ހަފުތާބަންދެއްގައި “ފަތިސްތަރި ޚާއްސަ ޕްރޮގްރާމެއް ގެނެސްދޭނެ! އަދިވެސް އެކިކަހަލަ ހައިރާންކުރުވަނިވި ހަދިޔާތައްވެސް، ޓިކްޓޮކް ފަތިސްތަރި.ހުވަދޫމީޑިއާ، https://www.tiktok.com/@fathisthari.huvad

