ހުޅުމާލޭ ފޭސް 2ގެ އިމާރާތަކުން ކުއްޖަކު ވެއްޓި އަނިޔާވުމުގެ ސަބަބުން އެ ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 23:14 އެހާކަންހާއިރު ކަމަށެވެ.
ވެއްޓުނު ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިހާރު އެކުއްޖާއަށް ފަރުވާ ދެމުން ގެންދަނީ، އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.

