މޯލްޑިވްސް ޓްރާންސްޕޮޓޫ އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) އިން ނ. ފޮއްދޫގައި ކުުރިއަށް ގެންދާ ބަނދަރު ހެދުމުގެ މަސައްކަތް ހަލުވި ކަމާ އެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން މީސްމީީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، ފުއްދޫގެ ބަނދަރުގެ މަސައްކަތް ހަލުވި ކަމާ އެކު ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ބަނދަރުގެ ޗެނަލްތައް ކޮނުމުގެ މަސައްކަތާ އަދި ސީބެޑް އެކްކެވޭޝަން މަސައްކަތްތައް ކަމަށެވެ.
ފޮއްދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ލަފާ ފުރުމުގެ ދަތިކަމަށް ނިމުމެއް ގެނެސްދެއްވުމަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް ޑރ މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެން ރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުން އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ފޮއްދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުއިއްޒު، ފޮއްދޫ ރައްޔިތުންނަށް ވަނީ ދެއްވައިފިއެވެ.

