ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ސާވިސް (އެންސްޕާ) އިން ދިވެހި ރައްޔިތުންނަށް ފޯރުކޮށޤދެމުންދާ ޚިދުމަތްތަކަށް މިހާރު ވަން ގަވް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ ވުޒާރާތަކުން ހިދުމަތް ހޯދުމުގައި ކިއުގައި ޖެހި، ހޭދަވާ ވަގުތު ސަލާމަތްކޮށް، އެ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ނައްތާލުމަށް ‘ވަން-ގަވް، ތައާރަފުކޮށް ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފަށާފައިވާއިރު، އެންސްޕާގެ ހިދުމަތްތަކަށް ހޯމަ ދުވަހުން ފެށިގެން ‘ވަން-ގަވް، މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.
އެގޮތުން ފަގީރު ހާލަތުގައި ފިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ، މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ހޯދުމަށާ، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ ހޯދުމަށާ، ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާ އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީ ހޯދަމަށާ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް ހޯދުމުގެ އިތުރުންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ ތެރަޕިއުޓިކު ފަރުވާއަށް ދެވޭ އެހީ ހޯދުމަށް އަދި ތެލެސީމިއާ އެލަވަންސް ހޯދުމަށް ވެސް ދެން ހުށަހަޅަންވާނީ ވަން-ގަވް މެދުވެރިކޮށް ކަމަށް އެންސްޕާއިން ހާމަކޮށްފައިވެއެވެ.
ވަން-ގަވްގެ ބޭނުމަކީ، "ސަރުކާރުގެ ފަރާތުން ރައްޔިތުން ހޯދަން ބޭނުންވާ ހިދުމަތެއް "އެ މީހަކު ހުރި ތަނަކުން އެ މީހެއްގެ އިނގިލި ކުރިއަށް ތިލަ"ކޮށްދިނުމަށާއި އެއް ތަނަކުން ފަސޭހަކަމާ އެކު އިދާރާތަކުން މައުލޫމާތު ލިބޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.
ވަން-ގަވްއަށް ލޮގިން ކުރެވެނީ، ގައުމީ ޑިޖިޓަލް އައިޑީ ކަމަށްވާ ‘އީ-ފާސް، މެދުވެރިކޮށެވެ.

