ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި މުޅިން އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. އޭނާ ވެފައިވަނީ ޖެހިޖެހިގެން ވޯލްޑް ކަޕްގެ ހަ މުބާރާތުގައި ލަނޑުޖެހި ދުނިޔޭގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި ތާރީޚީ ކާމިޔާބީ ރޮނާލްޑޯ ހާސިލުކުރީ މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އުޒްބެކިސްތާނާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައެވެ. މި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ، ރޮނާލްޑޯ ވަނީ ފާއިތުވި 20 އަހަރު ދުުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އޭނާ ދައްކަމުން އައި ކުޅަދާނަކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ.
ރޮނާލްޑޯ ލަނޑުޖެހި 6 ވޯލްޑް ކަޕް މުބާރާތަކީ:
2006 ވަނަ އަހަރުގެ ވޯލްޑް ކަޕް
2010 ވަނަ އަހަރުގެ ވޯލްޑް ކަޕް
2014 ވަނަ އަހަރުގެ ވޯލްޑް ކަޕް
2018 ވަނަ އަހަރުގެ ވޯލްޑް ކަޕް
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް
މި ރެކޯޑާއެކު ރޮނާލްޑޯ ވަނީ ފުޓްބޯޅައިގެ ދުނިޔޭގައި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ހާސިލުނުކުރެވޭ ފަދަ އުސްމިނަކަށް ވާސިލުވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މުސްތަގުބަލުގައި މުގުރާލަން އެންމެ އުނދަގޫވާނެ އެއް ރެކޯޑެވެ.

