މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) އުފައްދާފައިވާ، އޭނާގެ 50 ވަނަ ފިލްމު “ގިލަން” އޮލިމްޕަސް ސިނަމާގައާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ތަރުޙީބަކާއެކު ކާމިޔާބު ޝޯތަކެއް ދައްކަމުން ދާއިރު، މާލޭގެ އިތުރުން ރާއްޖޭގެ ހަތަރު ސިޓީއެއްގައި މި މަހުގެ 9 ވަނަ ދުވަހު މި ފިލްމު އެޅުވުމަށް މިހާރު ވަނީ އެއްކޮށް ތައްޔާރުވެފައެވެ.
މި ފިލްމު ސިޓީތަކުގައި އެޅުވުމާ ދިމާކޮށް ބެލުންތެރިންނަށް ވަނީ ވަރަށް ހާއްސަ އަދި ބޮޑު ހަދިޔާއެއް ހޯދުމުގެ ފުރުސަތެއް އައިލެންޑް ސިނެމާއިން ވަނީ ހުޅުވާލާފައެވެ. އެގޮތުން ފިލްމު ބަލަން ވަޑައިގަންނަވާ ކޮންމެ މީހަކަށް ގުރުއަތުލުމުގައި ބައިވެރިވުމުގެ ކޫޕަނެއް ލިބޭނެއެވެ. އަދި ހަތަރު ސިޓީގެ ބެލުންތެރިންގެ މެދުގައި ނެގޭ ގުރުއަތުލުމަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް “އެވޯން” ގެ އަރާމު، ލަގްޒަރީ ކުއީން ސައިޒްގެ އެނދެއް ލިބިގެންދާނެއެވެ.
ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ސިޓީތަކާއި ޓިކެޓް ހޮޓްލައިން:
- ކުޅުދުއްފުށި ސިޓީ: 7744037
- ފުވައްމުލަކު ސިޓީ: 7992067
- ތިނަދޫ ސިޓީ: 9992550
- އައްޑޫ ސިޓީ: 7964559
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުޙައްމަދު ޤާސިމް ހަމަ އެ ނަމުގައި ލިޔެފައިވާ މަގުބޫލު ވާހަކައަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ބިރުވެރި ހާދިސާތަކެއް ކިޔައިދޭ ތަފާތު ފިލްމެކެވެ. މުޅިންވެސް ހުޅުމާލޭގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ދިވެހި ސިނަމާގެ އެންމެ ފުންނާބުއުސް ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު އާޒިފާ (އަޒޫ)، އަޙްމަދު ސަޢީދު، އާމިނަތު ނޫރާ، ދަރާ މުޙައްމަދު ރަޝީދު އަދި މަރިޔަމް ޝަކީލާއެވެ.
ފިލްމު “ގިލަން” ގެ ޓިކެޓު މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުގެ އިތުރުން، ވެބްސައިޓް މެދުވެރިކޮށް ދަނީ ވަރަށް ހަލުވިކަމާއެކު ވިކެމުންނެވެ. އިންޓަނެޓް މެދުވެރިކޮށް ޓިކެޓް ވިއްކަން ފެށުމާއެކު، ސިނަމާ ކައިރީގައި ދިގު ސަފުތަކުގައި ކިއޫގައި ނުޖެހި، ބެލުންތެރިން ބޭނުންވާ ދުވަހެއްގެ އަދި ބޭނުންވާ ޝޯއެއްގެ ޓިކެޓް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އައިލެންޑް ސިނަމާއިން ފާހަގަކުރެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ފިލްމު ދެއްކުމަށް “އައިލެންޑް ސިނަމާ” އިން މިހާރު އަންނަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 50 އަށްވުރެ ގިނަ ރަށުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް ސިނެމާއިން ބުނެއެވެ.

