ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެންމެހާ ލިޔުންތެރިންނަށް ފޮނުއްވައިފިއެވެ،
އެކަމަނާގެ ތަހުނިިޔާ ލިޔުންތެރިންނަށް ފޮނުއްވި މީސްމީޑިޔާގައި ދުވަހުގެ މުނާސަބާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ
މެޑަމް ސާޖިދާގެ ޕޯސްޓުގައި ހިއްސާކުރެއްވި ޚައްސަ މެސެޖުގައި އެކަމަނާ ވަނީ ދިވެހިބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރިވުމަށް މަސައްކަތްކޮށްދެއްވާ ހުރިހާ ލޮބުވެތި އުޚްތުންނާއި އަޚުންނަށް ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ސުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.
އެއާއެކު އެކަމަނާ ވަނީ ދިވެހި ލިޔުންތެރިކަމަށް އުޖާލާ ކުރިމަގަކަށް އެދި ވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވެސް ދުވަހުގެ ތަހުނިޔާ ލިޔުންތެރިންނަށް އަރިސް ކުރައްވާ ދިވެހި ލިޔުންތެރިން ވާން ޖެހޭނީ، ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށާއި، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފަތުރާ ބަޔަކަށް ކަމަށް ވިދާޅުވެ ނަސޭހަތްތެރިވެވަޑަިއގެންފައިވެއެވެ.
ރައީސްގެ އިތުރުން ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވެސް ވަނީ ދުވަހުގެ ތަހުނިޔާއާ މުބާރިކުބާދު ދިވެހި ހުރިހާ ލިޔުންތެރިންނަށް ރައްދު ކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ، ދިވެހިރާއްޖޭގައި ނެރުނު ފުރަތަމަ މަޖައްލާ ކަމަށްވާ “އަލްއިޞްލާޙު” 8 ޖުލައި 1933 ގައި ނެރެން ފެށުމާ ގުޅިގެންނެވެ. ރާއްޖޭގައި ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށީ 1993 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.

