ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ހާމަކުރައްވައިފިއެވެ.
އައްޑޫ ސިޓީއާ 933 ކިލޯމީޓަރު ދުރުން ފޯޅަވަހި ސަރަޙައްދަށް 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، އެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި އައްޑުއާ 933 ކިލޯމީޓަރު ދުރުގައި އޮތް ފޯޅަވަހި ސަރަހައްދެވެ.
މެޓް އޮފީހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:01 ހާއިރުއެވެ. މިއީ މެދު މިންވަރެއްގެ ބިންހެލުމެއް ކަމަށްވާއިރު، މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑަށް ނުރައްކާތެރި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ.
މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކާތެރިކަމެއް ނެތްކަމުގެ ޔަގީންކަން މެޓް އޮފީހުން ވަނީ ދީފައެވެ.
ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާ ދެމެދު ހުރި ދުރުމިނަށް ބަލާއިރު، ސުނާމީއެއްގެ ނުރައްކާ ނެތްކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، މިކަމާ ގުޅިގެން އާންމު ރައްޔިތުން ހާސްވެ ކަންބޮޑުނުވުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.
މިއަދު ބިންހެލުމެއް އައިއިރު، ރާއްޖެއަށް އަސަރުކޮށްފާނެ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުތަކަކާ ގުޅިގެން މެޓުން މިދިޔަ އާދިއްތަ ދުވަހު އެކަން ދޮގުކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

