މި ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ ގިނަ ހާދިސާތަކެއް ދަނީ ހިނަމުންނެވެ. މިއަދުވެސް ގަޑިއެއްގެ އިރު ތެރޭގައި ހިތާމެރި ތިން ހާދިސާއެއް ވަނީ ހިނގާފައެވެ.
އެގޮތުން އެންމެ ފުރަތަމަ މިއަދު މާލޭގެ ގަލޮޅު އަވަށުގައި ހުރި ގެއެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފައިވެއެވެ.
ގަލޮޅު ހުދުރުވާގޭގައި ހިނގި މި ހާދިސާގައި އެ ގޭގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވެއެވެ. އެގޮތުން
މީގެ އިތުރުން ކަލާފާނު ސްކޫލު ކައިރީގައި ހުރި ގެއަކުން ދުން އަރަމުންދާތީ އެމްއެންޑީއެފުން ހަރަކާތތްތެރިވެފައިވެއެވެ. އެގޮތުން ގ. މިތުރުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން 8:40ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާ އެ ގޭގައި ރޯވީ ގޮދަޑިއެއްގައި ކަމަށާއި އަލިފާން ނިއްވައިލައިފައިވާ ކަމަށް އެމްއެންޑީއެފުން ހަމަކުރައްވާފައިވެއެވެ.
ހަައެއާއެކު މިއަދު މާލެއިން ދެން އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މާފަންނު މުނިޔާ މަގުގައި ހުންނަ ޖާޔާކުޝަން ކައިރީގައި ހުރި އިމާރާތެއްގަ އެވެ. ބިދޭސީން ދިރިއުޅޭ އެ ތަނުގެ ތެރޭގައި ހުރި ފޮތި ރައްކާކުރާ ގުދަނެއްގައި ރޯވި އަލިފާންގަނޑު ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދުގެ ހަނި ގޯޅިތަކުގެ ތެރެއަށް ވަރަށް ބޮޑަށް ދުން ބޭރުވަމުންދާތީ، ސިފައިން ދަނީ އެ ތަން އިތުރަށް މޮނިޓާކުރަމުންނެވެ.
އަލިފާން ރޯވުމާއެކު އެ ތަނުގައި ތިބި ބިދޭސީން އެމީހުންގެ ފޮށިތަކާއެކު ރައްކާތެރިކަމާއެކު ބޭރަށް ނިކުމެފައިވާއިރު، މި ހާދިސާތައް ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މަހު މާލެ ސަރަހައްދުން އަލިފާނުގެ އިތުރު ހާދިސާތަކެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލެ ފުރަތަަމަ ފިޔަވަހީގެ 110ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓުގައި ރޯވިއެވެ. އެ ހާދިސާގައި ތިން އެޕާޓްމަންޓެއްގައި ދިރިއުޅެމުންދިޔަ ޖުމްލަ 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނެވެ.
މީގެ އިތުރުން، ރޯވި އެޕާޓްމެންޓުގައި ދިރިއުޅެމުްނދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިންވެސް ހިމެނުނެވެ.
އެއަށްފަހު، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ގ. ފުންފަޅު ގޭގައި ރޯވެ، ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މިދިޔަ އަންގާރަ ދުވަހު އެންޑީއެމްއޭއިން ވަނީ އެ އިމާރާތުގެ 22 އެޕާޓުމަންޓެއްގައި ދިރިއުޅޭ 93 މީހުންނަށް ދެ ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައެވެ.
އެހެންކަމުން އަލިފާނުގެ ހާދިސާތައް ގިނަވެފަިއވާ މި ދަނޑިވަޅުގައި އެފަދަ ނުރައްކަލުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ފަރުދީ ޒިންމާއެއްކަމުގައި ދެކިގެން ފިޔަވަޅުތައް އެޅުން މުހިއްމެވެ،

