މޮރޮކޯއަށް ދޭން ޜެވި ޢުދުވާނީ ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރި ކުރައްވައިފިއެވެ.
މޮރޮކޯއަށް އުދުވާނީ ހަަމޅާއެއް ދޭން ރޭވި ރޭވުން ނާކާމިޔާބުވުމުން، ދިވެހި ސަރުކާރުން މޮރޮކޯއަށް މަރުހަބާ ކިޔާ ނެރުނު ބަޔާނުގައި ވަނީ، ޓެރަރިސްޓު ރޭވުންތައް ނާކާމިޔާބުކޮށްލުމަށް ކުރި މަސައްކަތާއި އެ ފަރާތްތަކުގެ ހުނަރުވެރިކަމަށް ތައުރީފުކޮށްފައެވެ. އަދި މޮރޮކޯގެ ސަރުކާރާއި އެ ގައުމުގެ އަޚްވަންތަ ރައްޔިތުންނާ އެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވެއެވެ.
ބަޔާނުގައި ދިވެހިރާއްޖެއިން ވަނީ ކޮންމެ ސިފައެއްގައި ނަމަވެސް ހިންގާ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާއި ހަރުކަށި އަމަލުތައް ހަރުކަށިކޮށް ކުށްވެރިކުރައްވާފައެވެ. އެފަދަ އަމަލުތަކަށް އެއްވެސް ބަހަނާއެއް ނޯންނާނެކަން ފާހަގަކުރައްވާ ދިވެހި ސަރުކާރުން ވަނީ، މޮރޮކޯގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަން ެވސް ހާމަކުރައްވާފައެވެ.
ބަޔާން ނިންމާލަމުން، ދުނިޔޭގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

